ޖަޕާނުން ރާއްޖެއަށް 46 މިލިއަން ރުފިޔާ ހަދިޔާ ކޮށްފި

ޖަޕާނުން ރާއްޖެއަށް 46 މިލިއަން ރުފިޔާ ހަދިޔާ ކޮށްފި އެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ތިން މިލިއަން އެމެރިކާ ޑޮލަރު (46.35 މިލިއަނ...

04 Oct 2021 | 09:36

ޖަޕާނުން ރާއްޖެއަށް 46 މިލިއަން ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ތިން މިލިއަން އެމެރިކާ ޑޮލަރު (46.35 މިލިއަން ރުފިޔާ) އާއި ފެންވަރު ރަނގަޅު ސިސްޓަމްތަކާއި އެކު ސީ އެމްބިއުލާންސެކެވެ.

ޖަޕާނުން ރާއްޖެއަށް މިއަދުހަދިޔާ ކުރި ތިން މިލިއަން އެމެރިކާ ޑޮލަރު ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސޯދާއި އިޖުތިމާއީ ކަންތައްތައް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ސިއްހީ ދާއިރާއަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ރާއްޖެއަށް ސީ އެމްބިއުލާންސްގެ ޚިދުމަތް މުހިންމުކަން ހަލީލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ޖަޕާނުގެ ސަރުކާރުން ހަދިޔާ ކުރި ސީ އެމްބިއުލާންސްގެ ސަބަބުން، މޫސުން ގޯސް ދުވަސްތަކުގައި ވެސް ބަލިމީހުން އެއްރަށުން އަނެއް ރަށަށް ގެންދިޔުމުގައި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި ޖަޕާނުން ރާއްޖެއަށް ދިން އެހީތެރިކަމުން، އެގައުމުން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަން ހާމަވެގެންދާ ކަން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެހެންކަމުން ޚަލީލު ވަނީ ޖަޕާން ސަރުކާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް