އުއްތަމަ ފަނޑިޔާރު ގެކޮޅަށް ވަނީ މަސްތުވެގެން ހުރި މީހަކު: އިމްރާން

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ގެކޮޅަށް ވަނީ މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރި މީހެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލ...

04 Oct 2021 | 08:46

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ގެކޮޅަށް ވަނީ މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރި މީހެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަގަށް ވަނީ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ. އޭގެ މިސާލުގެ ގޮތުގައި ވިދާޅުވީ މާލޭގައި ރޭ ހިންގީ ވެސް އެފަދަ ކަންތައްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް އޮފީސް ކުރިމައްޗަށާއި ދެ މިސްކިތަކަށް ކުޑަކަމުދިއުމާއި މި ހުރިހާ ކަންތައްތަކަކީ ރާއްޖޭގައި މަސްތުވާތަކެތީގައި ޖެހިފައި ތިބި ފަރާތްތަކުގެ ސަބަބުން ހިނގާ ކަންތައްތައްތައް ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް