މިއަދަކީ ބޮލީވުޑްގެ ބަތަލާ ސޯހާ އަލީ ހާންގެ 43 ވަނަ އުފަންދުވަހެވެ.
ބޮލީވުޑްގެ ތަރިންނާއި އާއިލާގެ މީހުންނާއި ފިރިމީހާ ކުނާލް ކެމޫ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައިވާއިރު އެންމެ ތަފާތު މެސެޖަކުން ތަހުނިޔާކީ ފަހަރި ކަރީނާ ކަޕޫރެވެ. ކަރީނާ ވަނީ ސޯހާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކުނާލް އާ ސޯހާގެ ކައިވެނީގެ ދުވަހު ފިރިމީހާ ސައިފް އާއި ހަތަރު މީހުން ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފަ އެވެ.
އެ ފޮޓޯގެ ކެޕްޝަންގައި ބުނެފައިވަނީ އެންމެ ފުރަތަމަ ޗުއްޓީއަށް ރާއްޖެއަށް އެކުގައި ކުރި ދަތުރުގައި ސޯހާ އަކީ ކިހާ ކޫލް މީހެއްކަން އެނގިގެން ދިޔަ ކަމަށެވެ. އެ ދަތުރުގައި ކުކުޅު މަސްބުރިއަކުން ކުޅިކަން ފިލުވާލުމަށް އެންމެންގެ ތެރޭގައި ފެންތައްޓެއް އަޅާލައި ސޯހާ ވަނީ މަސްބުރި ދޮވެލުމަށް ފަހު ވަގުތުން ކާލާފަ ކަމަށް ކަރިނާ ބުންޏެވެ.
އޭގެ ފަހުން ސޯހާ އާއި އެކު އޮންނަ ގާތް ގުޅުމާއި މެދު އުފާވެ ހިތްހަމަ ޖެހުން އިތުރުވި ކަމަށް ކަރީނާ ބުންޏެވެ.
https://www.instagram.com/p/CUmFQcjo95W/
ކަރީނާ ބުނީ ސޯހާގެ ކައިވެނީގެ ފޮޓޯއެއް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ހިއްސާ ކުރީ އެ ފޮޓޯގައި ހަތަރު މީހުންވެސް ރީތިކަމުން ކަމަށެވެ.
ސޯހާގެ ފިލްމެއް މިހާރު ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އޭނާ ގިނަ ވަގުތު ހޭދަ ކުރަނީ ދަރިފުޅު އިނާޔާ ކެމޫ އާއި އެކު އެވެ. އަދި ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން އާއި އިނާޔާ އަކީ ވަރަށް ގާތްކޮށް ދެމީހުން ގެންގުޅޭ ދެ ކުދިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް