ފެރީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް އެމްޓީސީސީގެ ހައި ސްޕީޑު ފެރީގެ ޓެސްޓު ދަތުރުތައް ފަށައިފި

ފެރީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް އެމްޓީސީސީގެ ހައި ސްޕީޑު ފެރީގެ ޓެސްޓު ދަތުރުތައް ފަށައިފި އެވެ. އެމްޓީސީސީން ބުނީ ހައި ސްޕީޑް ފެރީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ބަނދެފައިވާ ފުރަތަމ...

04 Oct 2021 | 08:16

ފެރީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް އެމްޓީސީސީގެ ހައި ސްޕީޑު ފެރީގެ ޓެސްޓު ދަތުރުތައް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ ހައި ސްޕީޑް ފެރީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ބަނދެފައިވާ ފުރަތަމަ ފެރީގެ ޓެސްޓު ދަތުރުތައް ފަށާފައިވަނީ އިއްޔެ ކަމަށެވެ.

މި ފެރީ ލޯންޗު މޫދަށް ބާލާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު އެވެ.

މި ފެރީތަކަކީ 30 ނޮޓްސްގެ ބާރުމިނުގައި އަދި މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ސްޕީޑު ބާރު ފެރީތަކެކެވެ. އަދި މިއިން ކޮންމެ ފެރީއެއްގައި އެއްފަހަރާ 50 މީހުން އުފުލޭނެ ޖާގަ އޮވެ އެވެ.

މީގެއިތުރުން ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި ބަލިމީހުންނަށް ވެސް މި ފެރީއަށް އަރާ ފޭބޭނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.

މި ޕްރޮޖެކްޓްގައި ރާއްޖޭގެ ސަރަޙައްދުތައް ބަހާލާފައިވަނީ 6 ޒޯނަކަށެވެ.

ފެރީ ނިޒާމުގެ ހުރިހާ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

https://twitter.com/MTCCPlc/status/1444689088460705793?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1444689088460705793%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F65095%2F

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް