ވިކީގެ ކޮއްކޮ ސަނީގެ ލޯބިވެރިއެއް ހުންނަކަން ހާމަވެއްޖެ!

ކެޓްރީނާ ކެއިފްގެ ލޯބިވެރިޔާ ވިކީ ކައުޝަލްގެ ކޮއްކޮ ސަނީ ކައުޝަލް ހުރީ ހުސްކޮށް ނޫންކަން ހާމަވެއްޖެ އެވެ. ވިކީ ލީޑްރޯލުން ފެނިގެންދާ ފިލްމު "ސިއްދަތު" ރިލީޒް ކުރީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އެރޭ ...

04 Oct 2021 | 07:54

ކެޓްރީނާ ކެއިފްގެ ލޯބިވެރިޔާ ވިކީ ކައުޝަލްގެ ކޮއްކޮ ސަނީ ކައުޝަލް ހުރީ ހުސްކޮށް ނޫންކަން ހާމަވެއްޖެ އެވެ.

ވިކީ ލީޑްރޯލުން ފެނިގެންދާ ފިލްމު "ސިއްދަތު" ރިލީޒް ކުރީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އެރޭ އޭނާ ފިލްމު ޕްރިމިއާ ކުރި ހަފްލާއަށް ދިޔައީޔީ ފިލްމު "ދި ފޮގޮޓޮން އާމީ" ގެ ބަތަލާ ޝަރްވަރީ ވަގް އާއި އެކު އެވެ.

އެ މަންޒަރާއި އެކު ގިނަ ބަޔަކު ދެމީހުންގެ ގުޅުމާއި މެދު ދިޔައީ ސުވާލު އުފައްދައި ސޯޝަލް މީޑިއާގައި ބަހުސް ކުރަމުންނެވެ. އޭގެ ފަހުން ރިޕޯޓުތަކުގައި އެ ދެމީހުންގެ ގާތް މީހުންނާއި ހަވާލާދީ ބުނެފައިވަނީ ސަނީ އާއި ޝަރްވަރީ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ.

އެކަމަކު ދެ ތަރިންވެސް ގުޅުމާއި މެދު އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ވާހަކަތައް ދޮގުކޮށް ނުވަތަ ޔަގީން ކޮށްދޭކަށްވެސް ބޭނުމެއް ނުވެ އެވެ.

އެދެމީހުން ލޯބީގެ ގޮތުން ގުޅުނީ ކޮން އިރަކުކަން ނޭނގޭއިރު ވިކީ އާއި ކެޓްރީނާގެ ލޯބީގެ ވާހަކައަކީވެސް އެމީހުން ރަސްމީކޮށް ހާމަ ނުކުރާ އެކަމަކު އެންމެންނަށް އެނގޭ ލޯބީގެ ގުޅުމެކެވެ. ކިތަންމެ ވަރަކަށް ސުވާލު ކުރިޔަސް ކެޓްރީނާ އަދި ވިކީވެސް މިހާތަނަށް އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްވެފައެއް ނުވެ އެވެ.

ސަނީ އާއި އެކު ފިލްމު "ސިއްދަތު" ން ފެނިގެންދާނީ ރަދިކާ މާދަން އެވެ. މި ފިލްމަކީ ލޯބީގެ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް