ކޮވިޑުގައި އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެެއިން ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. މިއީ މިބަލީގައި މި މަހު ނިޔާވި ފުރަތަމަ މީހާ އެެވެ. އަދި މިއީ ރާއްޖެއިން ނިޔާވި 232 ވަނަ މީހާ އެވެ. މައުލޫމާތު ލިބިފައިވ...

04 Oct 2021 | 07:18

ރާއްޖެެއިން ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މިއީ މިބަލީގައި މި މަހު ނިޔާވި ފުރަތަމަ މީހާ އެެވެ. އަދި މިއީ ރާއްޖެއިން ނިޔާވި 232 ވަނަ މީހާ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ 54 އަހަރުގެ މީހެކެވެ. މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެއް ކަމަށް ވެސް މައުލޫމާތު ލިބެއެެވެ.

އޭނާ ނިޔާވެފައިވަނި ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މަރާއެކު ރާއްޖޭގައި މިހާތަނަށް ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 215 ދިވެހީންނާއި 17 ބިދޭސީން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް