ރާއްޖެއިން ކަނޑައަޅާފައިވާ ޓެރަރިސްޓު ޖަމާއަތްތަކާއި ގައުމުތައް އަލުން އާންމު ކޮށްފި

ރާއްޖެއިން ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކާއި ޖަމާއަތްތަކުގެ ނަންތައް ރައީސް އޮފީހުން އަލުން ހާމަކޮށްފި އެވެ. ރައީސް އޮފީހުން ބުނީ އެ ލިސްޓަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫ...

04 Oct 2021 | 06:12

ރާއްޖެއިން ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކާއި ޖަމާއަތްތަކުގެ ނަންތައް ރައީސް އޮފީހުން އަލުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ އެ ލިސްޓަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ. މި ލިސްޓަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ކަމަށް ބުނެ އެވެ.

އަލުން އެ ލިސްޓު އާންމުކޮށްފައިވަނީ އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މުރާޖައާ ކުރުމަށް ފަހު އެ ލިސްޓަށް އުނިއިތުރެއް ގެނައުމަށް ނުފެންނަކަމަށް ނިންމާފައިވާތީ އެވެ.

ރާއްޖެއިން ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކުގެ ތެރޭގައި ސީރިއާގެ ހުރިހާ ސަރަހައްދެއް ހިމެނެ އެވެ. އަދި ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއްގެ ނަން އެ ލިސްޓުގައި ހިމަނަށާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނޭ ޖަމާއަތްތަކަކީ

1. އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)

2. އަލް ޤައިދާ

3. ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)

4. ލަޝްކަރޭ ޠައިބާ

5. އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ

6. އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް

7. އަބޫ ސައްޔާފް ގްރޫޕް

8. ބޮކޮ ހަރަމް/ ބޯކޯ ހަރަމް

9. އަލް ޝަބާބް

10. އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް

11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)

12. ޙަރަކާތުލް ޖިހާދު އަލް އިސްލާމީ

13. ޖައިޝޭ މުޙައްމަދު

14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)

15. ނޭޝަނަލް ތައުޙީދް ޖަމާޢަތް

16. ޖަމާޢަތު މިއްލަތޭ އިބްރާހީމް

17. ވިލާޔަތް އަލް ސޭލާނީ

18. ހައިއަތު ތަހްރީރު އަލް ޝާމް

19. ހުއްރާސް އައް ދީން

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ސީރިއާއަށް ދާ މީހުންނާއި މި ޖަމާއަތްތަކަށް ތާއީދުކޮށް ވާހަކަ ދެއްކުމާއި އެމީހުންނާއި ގުޅިގެން މަސައްކަތް ކުރުމަކީ ގާނޫނީ ކުށެވެ. އެފަދަ ފަރާތްތަކާއި ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް