މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިންތިޚާބުގެކުރިން ބައެއް މަގާމުތަކަށް މެމްބަރުން އިންތިޚާބުވެއްޖެ އެވެ.
އެގޮތުން އިންތިޚާބަކާއިނުލާ އެޕާޓީގެ ރައީސްގެ މަގާމަށާއި ހަ ނައިބު ރައީސުންގެ ތެރެއިން ހަތަރު މަގާމަށް ބޭފުޅުން ވަނީ ހޮވިފަ އެވެ.
އެމްއެންޕީގެ ރައީސް ކަމަށާއި އެ ޕާޓީގެ ހަ ނައިބު ރައީސުންގެ ތެރެއިން ހަތަރު މަގާމަށް ބޭފުޅުން ހޮވިފައި ވަނީ އިންތިހާބަކާ ނުލައެވެ.
އެމްއެންޕީގެ ރައީސަކަށް ހޮވިފައިވަނީ، ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާރނަލް ރިޓެއަރޑް މުހައްމަދު ނާޒިމެވެ. އަދި ފައުންޑަރުންގެ ގޮތުގައި ތިއްބެވި ތިމަރަފުށީ ދާއިރާ މެންބަރު އަބްދުﷲ ރިޔާޒު އާއި ވިލިމާލެ ދާއިރާ މެންބަރު އަހުމަދު އުޝާމް ވަނީ އެޕާޓީގެ ނައިބު ރައީސް ކަމަށް ހޮވިފަ އެވެ.
މެދު ދެކުނު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށް ރިޔާޒު ހޮވުނު އިރު، އުޝާމް ހޮވުނީ މެދު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށެވެ. އަދި ދެކުނު ސަރަހައްދުގެ ނައިބު ރައީސް ކަމަށް އަހުމަދު ޝަރީފު އާއި އުތުރު ސަރަހައްދު ނައިބު ރައީސް ކަމަށް ހުސެއިން އިސްމާއިލް ވަނީ ހޮވިފަ އެވެ.
އެމްއެންޕީގެ އަންހެނުންނަށް ޚާއްސަ ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު ކުރިމަތިލާފައިވާ އިރު، މަތި އުތުރު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ.
އެމްއެންޕީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
އެމްއެންޕީ ވަގުތީ މަގާމުތަކަށް މީހުން ހޮވައި ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް މިހާތުތާވަލު ކޮށްފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް