ހެންވޭރުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ކަވަލް ކިޔާ ގޭގެ 9 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެ ހާދިސާ އާގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މިހާދިސާގައި އެ އިމާރާތުގެ 9 ވަނަ ފަންގިފިލާގައި ހުރި ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި އަލިފާން ރޯވާން މެދިވެރިވެފައިވަނީ ބަދިގޭގައި ބޭނުންކުރި "ހުޑަށް" ދިމާވި އިލެކްޓްރިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެފްއާރުއެސްއިން މަޢުލޫމާތު ދޭ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ އިދާރާ އިން ބުނީ އެފްއާރުއެސްގެ ފަޔަރމަނުން ދިޔައިރު ވަނީ އަލިފާން ވަނީ ނިއްވާލާފައި ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މިހާދިސާގެ ރިޕޯޓް އެފްއާރުއެސްއަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:47 ހާއިރު ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް