ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވީ އޭރު ތިބި ޒުވާނުން ކުރި ގޮންޖެހުންބޮޑު ބުރަ މަސައްކަތްތަކުގެ ސަބަބުން

ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެގެންދިޔައީ އޭރު ޒުވާނުންގެ ގޮތުގައި ތިބި ބަޔަކު، ކުރި ގޮންޖެހުންބޮޑު ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވ...

04 Oct 2021 | 04:47

ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެގެންދިޔައީ އޭރު ޒުވާނުންގެ ގޮތުގައި ތިބި ބަޔަކު، ކުރި ގޮންޖެހުންބޮޑު ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަތުރުވެރިކަން ފެށިގެން އައިގޮތުގެ މައްޗަށް އަލިއަޅުވާލައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަން ތަރައްޤީކުރުމުގެ ފުރުޞަތު ކުޑަތަނެއްގެ ގޮތުގައި އޭރު ހެދި ދިރާސާ އެއްގައި ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެގެން ދިޔައީ އޭރު ޒުވާނުންގެ ގޮތުގައި ތިބި ބަޔަކު، ކުރި ގޮންޖެހުންބޮޑު ބުރަ މަސައްކަތްތަކުގެ ސަބަބުންކަން ރައީސް ވަނީ ފާހަގަކުރައްވާ، އެފަރާތްތަކަށް ޚާއްޞަގޮތެއްގައި ޝުކުރު އަދާކުރައްވާފަ އެވެ.

މިޞިނާޢަތު ތަރައްޤީކޮށް ދެމެހެއްޓުމުގައި މި ޞިނާޢަތާއި އަދި ޞިނާޢަތާ ގުޅިފައިވާ އެހެން ދާއިރާތަކުގެވެސް ޙިއްޞާ ބޮޑުކަން ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޞިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރެވެންހުރިހާ ހުރިހާކަމެއް އަދި ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް