ތޯލިބާނުންގެ ތަރުޖަމާނު މަންމަގެ ކަށު ނަމާދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފި

އަފްގާނިސްތާނުގެ ވެރިކަން ކުރާ ތޯލިބާން ޖަމާއަތުގެ އިސް ތަރުޖަމާނު ޒަބީހުﷲ ޖުޖާހިދުގެ މަންމަގެ ކަށު ނަމާދަށް އަމާޒުކޮށް ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިފި އެވެ. އިއްޔެ ހިނގި މި ހާދިސާގައި ފަސ...

04 Oct 2021 | 04:29

އަފްގާނިސްތާނުގެ ވެރިކަން ކުރާ ތޯލިބާން ޖަމާއަތުގެ އިސް ތަރުޖަމާނު ޒަބީހުﷲ ޖުޖާހިދުގެ މަންމަގެ ކަށު ނަމާދަށް އަމާޒުކޮށް ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިފި އެވެ.

އިއްޔެ ހިނގި މި ހާދިސާގައި ފަސް މީހަކު މަރުވެފައިވެ އެވެ. އަދި ހަތަރު މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކަށް ނުނެގި ނަމަވެސް ތޯލިބާނުން ވަނީ އެއީ އައިއެސްއިން ދިން ހަމަލާއެއް ކަމަށް ބުނެފަ އެވެ. އަދި ބަދަލު ހިފުމުގެ ގޮތުން ތޯލިބާނުންނަށް ތުހުމަތު ކުރެވޭ އައިއެސްގެ މީހުންނަށް އަމާޒުކޮށް ދިން ހަމަލާގައި ތިން މީހަކު މަރާލާފައިވާ ކަމަށް ވެ އެވެ.

ބައެއް އާންމުން ބުނެފައިވަނީ ހަމަލާ ދިނުމާއި އެކު އެކަން ކުރި މީހުންނަށް ސަލާމަތް ނުވެވޭނެހާ އަވަހަށް ތޯލިބާނުން މުޅި ސަރަހައްދު ބަންދު ކުރި ކަމަށެވެ. އަދި ބަޑީގެ އަޑުތައް އޭގެ ފަހުން އިވުނު ކަމަށް އެމީހުން ބުނެފަ އެވެ.

މިއީ އަފްގާނިސްތާނުގައި ތޯލިބާނުން ވަގުތީ ސަރުކާރު އެކުލަވާލި ފަހުން އެ ގައުމުގައި ދިން ފުރަތަމަ ޓެރަރިސްޓު ހަމަލާއެވެ.

އެޖަމާއަތުން އައިސްގެ މައްޗަށް މި ހަމަލާ އާއި ގުޅިގެން ތުހުމަތު ކުރަނީ ތޯލިބާނުންނާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަން މިހާތަނަށް އިއުލާނު ކޮށްފައިވާ އިސްލާމީ ހަރުކަށި ފިކުރުގެ ހަމަ އެކަނި ޖަމާއަތަކީ އެއީ ކަމަށްވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް