ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޕީޕިއެމްއިން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ނިހާނަށް މަރުގެ އިންޒާރު ދެމުންދަނީ އެމްޑީޕީގެ ހަރަކާތްތަކުން ފެންނަ އާންމުން ދަންނަ އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށެވެ. އެހެންވެ ޕީޕިއެމްއިން ވަނީ އެމްޑީޕީގެ ލީޑާޝިޕުން މައާފަށް އެދި އެކަން ކުށްވެރި ކުރުމަށް ގޮވާލާފަ އެވެ.
އެކަމަކު އެމީހަކު ނިހާނަށް އިންޒާރު ދިން ގޮތެއް ހާމައެއް ނުކުރެ އެވެ.
https://twitter.com/PPM_MDV/status/1047879191809556481
މިކަމާ ގުޅޭގޮތުން ފުލުހުން އެއްޗެއް ހާމައެއް ނުކުރެ އެވެ. ރިޔާސީ އިންތިހާބަށް ފަހު ދާއިމީ ނަތީޖާ އިއުލާނުކުރަން އެއް ދުވަހަށް ވެފައި ވަނިކޮށް ޕީޕީއެމްއިން އިންތިހާޞު އޮޅުވާލި ކަމަށް ބުނަން ފެށުމުން ސިޔާސީ ދާއިރާ ވަނީ އަނެއްކާވެސް ހަލަބޮލިވެފަ އެވެ.
ނިހާންގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ އޭނާއަށް މަރުގެ އިންޒާރުދިން ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް