ރިޔާސީ އިންތިޚާބު ނިމި ދިންތިގާލީ މަރުހަލާ ކުރިއަށްދާއިރު ދައުލަތުން މާލީ ޒިންމާއެއް އުފުލަންޖެހިދާނެ ފަދަ މުއާމަލާތެއް ނުނިންމެވުމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ކުރެން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެދިލައްވައިފިއެވެ.
އިންތިޚާބީ ރައީސް މިކަމަށް އެދިލައްވާފައިވަނީ ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް ސޮއި ކުރައްވާ ފިނޭންންސް މިނިސްޓަރަށް މިއަދު ފޮނުއްވާފައިވާ ސިޓީފުޅެއްގައެވެ.
"ވީމާ މި މަރުހަލާގައި، އައު މަޝްރޫއުތައް ޓެންޑަރަށް ހުޅުވައިނުލުމަށާއި، އައު މަޝްރޫއުތައް ނުފެށުމަށާއި، ދައުލަތުގެ ނަމުގައި ލޯނު ނުނެގުމަށާއި، އަދި ދައުލަތުން މާލީ ޒިންމާއެއް އުފުލަންޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް މި މަރުހަލާގައި ނުނިންމެވުމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެދިވަޑައިގަންނަވާ ވާހަކަ ދަންނަވަން އެމަނިކުފާނު ވިދާޅުވިއެވެ." އެ ސިޓީފުޅުގައި ވެއެވެ.
އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ ހުސްވި ސެޕްޓެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އަލްފާޟިލް އިބްރާހިމް މުހައްމަދު ސާލިހް އިންތިޚާބުވުމާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް