ގާސިމް ރާއްޖެ ވަޑައިގަތުމުން ރިޔާޒް ރަޝީދު މަރުހަބާ ދަންނަވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންނެވުމުން، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަރުހަބާ ދަންނަވައިފިއެވެ. ރިޔާޒް ގާސިމަށް މަރުހަބާ ދަންނަވާފައިވަނީ ޓްވިޓާގައި ކުރެއްވި ޓް...

04 Oct 2018 | 12:17

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންނެވުމުން، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަރުހަބާ ދަންނަވައިފިއެވެ.

ރިޔާޒް ގާސިމަށް މަރުހަބާ ދަންނަވާފައިވަނީ ޓްވިޓާގައި ކުރެއްވި ޓްވީޓެއްގައެވެ.

އާއިލާއާއެކު ގާސިމް އެއާޕޯޓުން ނިކުންނަވާ މަންޒަރު ފެންނަ ފޮޓޯއާއެކު ނިހާން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ އެއީ އުފާވެރި މަންޒަރެއް ކަމަށާއި ގާސިމް އިބްރާހިމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރިޔާޒް ގާސިމަށް މަރުހަބާ ދަންނަވާފައިވާއިރު އަދިވެސް އޭނާ ހުންނެވީ ޕީޕީއެމް އާއެކުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބޮޑު ތަފާތަކުން ބަލިވި ފަހުން ޕީޕީއެމްގެ އިސް ސަފުން ރިޔާޒް މިހާރު ނުފެނެއެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށްވެސް ކުރިން ރިޔާޒް މަރުހަބާ ދަންނަވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް