ލ ގަމުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ލ. ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ. މިތަކެތި ނައްތާލ...

04 Oct 2018 | 09:48

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ލ. ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ.

ފުލުހުން ބުނެފައިވާގޮތުގައި އޮކްޓޯބަރު ތިން ވަނަ ދުވަހު ނައްތާލާފައިވަނީ، 77 އިންސިޑެންޓެއްގައި ހިމެނޭ އެކި ބްރޭންޑް ތަކުގެ 123 ފުޅި ބަނގުރަލާއި ހަ ބިޔަރު ދަޅާއި ބަނގުރާހުރި ޕެޓްފުޅިއަކާއި ބިޔަރު ފުޅިއެކެވެ.  މިތަކެއްޗަކީ 2016 ވަނަ އަހަރުން ފެށިގެން އެކިދުވަސް މަތިން، ލ. ކައްދޫ އެއަރ ޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމުގައި ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ބަނގުރާ ނައްތާލުން ލ. ގަމުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް