ގާސިމް ރާއްޖެ ވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފައިމިވަނީ އަހަރަކަށްވުރެ ގިނަ ދުވ...

04 Oct 2018 | 09:38

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފައިމިވަނީ އަހަރަކަށްވުރެ ގިނަ ދުވަހު ޖަރުމަނު ވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށްފަހުގައެވެ.

ގާސިމް މިއަދު ރާއްޖެ ވަޑައިގަތުމުން، އެއާޕޯޓުން ގާސިމަށް މަރުހަބާ ދެންނެވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ގާސިމަށް މަރުހަބާ ދެންނެވުމަށް ގުޅިފައިވާ ކޯލީޝަންގެ އިސްވެރިންނާއި ސަޕޯޓަރުން އެއާޕޯޓަށް ގޮސްފައިވެއެވެ.

ގާސިމް އިބްރާހިމާއެކު ޖޭޕީގެ ޗެއާޕާސަން އަލީ ވަހީދުވެސް މިއަދު ރާއްޖެ ވަޑައިގެންނެވިއެވެ.

ގާސިމް އާއި އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު ގާސިމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ. ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވީ ޖަރުމަނުވިލާތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް