އުތުރާއި މެދު ރާއްޖެ ތެރޭގެ މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓު ނެރެފި

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ އުތުރާއި މެދު ރާއްޖެތެރޭގެ މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހެނދުނު މި ސަރަހައްދުތަކ...

04 Oct 2018 | 07:41

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ އުތުރާއި މެދު ރާއްޖެތެރޭގެ މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހެނދުނު މި ސަރަހައްދުތަކަށް ނެރެފައި އޮތީ ވައިޓް އެލާޓެވެ. އެކަމަކު މިހާރު ވަނީ ހއ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފަ އެވެ.

އެލާޓު ނެރެފައިވަނީ މެންދުރު 12:30 ން ހަވީރު 4:30 އަށެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ކަނޑު ގަދަވާނެ އެވެ. އަދި އާންމު ގޮތެއްގައި 30 މޭލާއި 40 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ އެވެ.

ޔެލޯ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންގުމުގެ ގޮތުންނެވެ.

މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް މި ވިއްސާރަ ކުރާނެ ކަމަށެވެ. މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުން ކުރަމުންދާ ވިއްސާރަ ކަމަށް މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް