ކޮންޑޯ އަދި އީޑްލްވައިސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ޔޫރަޕްގެ މަޝްހޫރު ދެ އެއާލައިނަކުން އަނެއްކާވެސް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ. މީގެ ކުރިންވެސް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކޮށްފައިވާ ކޮންޑޯ އަދި އީޑްލްވައިސް އެއާއިން އަލުން ދަތުރު...

04 Oct 2018 | 06:54

ޔޫރަޕްގެ މަޝްހޫރު ދެ އެއާލައިނަކުން އަނެއްކާވެސް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކޮށްފައިވާ ކޮންޑޯ އަދި އީޑްލްވައިސް އެއާއިން އަލުން ދަތުރުތައް ފަށާފައި މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށެވެ.

އީޑްލްވައިސް އެއާއަކީ ސުވިސް އިންޓާނޭޝަނަލް އެއާލައިނަށް ނިސްބަތްވާ އެއާލައިނެކެވެ. އަދި ކޮންޑޯއަކީ ޖަރުމަނަށް ނިސްބަތްވާ އެއާލައިނެކެވެ. މި ދެ އެއާލައިނުން ކޮންމެ ހަފްތާ އަކު ދެ ޝެޑިއުލް ދަތުރު ކުރާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާލައިން ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެ އެވެ.

އީޑްލްވައިސް އެއަރއިން ދުނިޔޭގެ 64 މަންޒިލަކަށް ދަތުރުކުރާއިރު، ކޮންޑޯއިން އަންނަނީ ދުނިޔޭގެ 90 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.

ކޮންމެ އަހަރެއްގެ ފަހުކޮޅަކީ ޔޫރަޕްގެ ގިނަ އެއަލައިންތަކުން ޗާޓާޑް ފަލައިޓުތަކާއި ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އިތުރު ކުރާ ދުވަސްވަރެކެވެ. އަދި ގިނަ އަދަދަކަށް މުއްސަނދި ޓޫރިސްޓުން ޕްރައިވެޓް ޖެޓު ތަކުގައިވެސް ރާއްޖެ އަންނަ ދުވަސްވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް