ޓްރީ ޓޮޕާއި އޭޑީކޭގެ ހިތާނު ޕެކޭޖޫތައް އެއް އަގެއްގައި

އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލާއި، އޭޑިކޭ ހޮސްޕިޓަލުން މިއަހަރުގެ ހިތާނު ޕެކޭޖުތަކުގެ އަގުތައް ހާމަ ކޮށްފި އެވެ. ދެ ހޮސްޕިޓަލުން ހިތާނު ކޮށްދެނީ 5،000 ރުފިޔާ އަށެވެ. އެ ޕެކޭޖު ތެރ...

04 Oct 2018 | 06:19

އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލާއި، އޭޑިކޭ ހޮސްޕިޓަލުން މިއަހަރުގެ ހިތާނު ޕެކޭޖުތަކުގެ އަގުތައް ހާމަ ކޮށްފި އެވެ.

ދެ ހޮސްޕިޓަލުން ހިތާނު ކޮށްދެނީ 5،000 ރުފިޔާ އަށެވެ. އެ ޕެކޭޖު ތެރޭގައިގިނަ ހިދުމަތްތަކެއް ހިމެނޭނެ ކަމަށް ބުނެ އެވެ.

އޭޑިކޭ ހޮސްޕިޓަލުން ބުނީ  ޕެކޭޖުގެ ތެރޭގައި ހިތާނު ކުރަން ހަދަންޖެހޭ ޓެސްޓުތަކާއި ޑޮކްޓަރަށް ދެއްކުމާއި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމުގެ އިތުރުން ގެއަށް ދޫކޮށްލުމަށް ފަހު އޭގެ ފަހުން ފުރަތަމަ ޑޮކްޓަރަށް ދެއްކުން ހިމެނޭ ކަމަށެވެ. އެ ހޮސްޕިޓަލުގެ ހިތާނު ޕެކޭޖާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7349082 ނަމްބަރާއި ގުޅުމަށް ވަނީ އެދިފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ޕެކޭޖުގެ ތެރޭގައި ޓެސްޓުތަކާއި ޑޮކްޓަރަށް ދެއްކުމާއި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމުގެ އިތުރުން ގެއަށް ދޫކޮށްލުމަށް ފަހު އޭގެ ފަހުން ފުރަތަމަ ޑޮކްޓަރަށް ދެއްކުން ހިމެނޭ ކަމަށެވެ. އަދި އިތުރު ފީއަކާއި އެކު ޕްރައިވެޓް ރޫމް ދޫކުރާއިރު އެ ކޮޓަރި ޒީނަތްތެރިކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ. ޓްރީ ޓޮޕްގެ ހިތާނީ ޕެކޭޖާއި ގުޅޭ މައުލޫމާތު ހޯދަން ގުޅަން ޖެހެނީ 3351610 އަށެވެ.

ދެ ހޮސްޕިޓަލުންވެސް ހިތާނު ޕެކޭޖަށް އާސަންދައިގެ ހިދުމަތް ލިބޭނެ އެވެ. އެހެންވެ ހިދުމަތް ލިބިގަންނަ ފަރާތުން ދައްކަން ޖެހޭނީ 4،000 ރުފިޔާ އެވެ.

އޭޑިކޭގައި ހިތާނު ކުރުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 30 ގެ ނިޔަލަށެވެ. ޓްރީ ޓޮޕްގައި ހިތާނު ކުރުން ކުރިޔަށް ގެންދަނީ ނޮވެމްބަރު 22 ން އަންނަ އަހަރުގެ ޖެނުއަރީ ތިނެއްގެ ނިޔަލަށެވެ.

ހިތާނު ކުރުމުގެ ހިދުމަތް ދެ ހޮސްޕިޓަލުންވެސް ދޭން ހަމަޖެހިފައިވަނީ ނަން ނޯޓު ކުރާ ތަރުތީބުން އެ މުއްދަތުގައި ޖާގަ ހުރި ވަރަކަށް ކަމަށް މައުލުމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް