ރާއްޖެ ވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް، ރާއްޖޭގެ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވައިފިއެވެ.
އިބޫގެ ދައުވަތު އިމްރާން ޚާން ގަބޫލުފުޅުކުރައްވާފައިވާކަން ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އިބޫ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ފޯނުން ގުޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއިމެދު މަޝްވަރާ ކުރެއްވިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމުގެ އުންމީދު އޮތް ކަމުގައި އިންތިޚާބީ ރައީސް އިބޫ ވިދާޅުވި ކަމަށްވެސް ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް