ހއ އާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސް

ހއ އާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހެނދުނު 10:20ގައެވެ. އެ އެލާޓްގައި ބ...

04 Oct 2018 | 05:43

ހއ އާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހެނދުނު 10:20ގައެވެ.

އެ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:30 އިން ހަވީރު 04:30 އާއި ދެމެދުގެ ވަގުތުތަކުގައި ހއ އާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގަދަ ވަޔާއެކު ވާރޭ ވެހޭނެ ކަމަށެވެ.

އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް އާންމުގޮތެއްގައި ވައި ގަދަވާނީ ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށާއި ކަނޑު ގަދަވާނެކަމަށްވެސް ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް