ސުޕްރީމް ކޯޓުގެ ނިންމުމަށް ބޯލަނބާނަން: އިލެކްޝަންސް

12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް އިލެްކްޝަންސުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައިިވާއިރު ސުޕްރީމް ކޯޓުގެ އަމުރަށް ފުރިހަމައަށް ބޯލަނބައި އެ އަމުރުގައިވާ ކަންކަމަށް ތާއީ...

03 Oct 2018 | 19:00

12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް އިލެްކްޝަންސުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައިިވާއިރު ސުޕްރީމް ކޯޓުގެ އަމުރަށް ފުރިހަމައަށް ބޯލަނބައި އެ އަމުރުގައިވާ ކަންކަމަށް ތާއީދުކޮށް އެއްބާރުލުން ދޭނެކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން މިހެން ބުނެފައިވަނީ ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

"ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެކަންކަން އެމަގުން ހިންގުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ދޭނެކަމުގެ ފުރހަމަ ޔަގީންކަން އަރުވަމެވެ." އީސީގެ ނޫސްބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ އަމުރަށް ބޯލަނބައި، އަމުރާ އެއްގޮތަށް އަމަލުކުރުމަށް އީސީން އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް