އެމެރިކާގެ ސިޓީއެއް ކަމަށްވާ ހައުސްޓަންގައި ބަޑިއަކާއެކު ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އުމުރުން 19 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.
އެމެރިކާގެ ނޫސްތަކުގައި ބުނެފައިވާގޮތުން އުމުރުން 19 އަހަރުގެ ޑެލިއޯން އަލޯންސޯ ސްމިތު މަރުވީ ބަޑިއަކާއެކު ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ކަރަށް ވަޒަނެއް އަރައިގެންނެވެ. ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ޑެލިއޯން މަރުވެފައިވަނީ ކޮމިއުނިޓީ ކޮލެޖެއްގައި ކިޔަވަން ފެށިތާ ދެވަނައަށް ވީ ދުވަހު އެވެ.
ޑެލިއޯންގެ ބޮޑުބޭބެ، އެރިކް ޑޮގްލާސް ބުނެފައިވަނީ އެ ހާދިސާގެ ސަބަބުން މުޅި އާއިލާއަށް ކުއްލި ސިހުމެއް ލިބިފައި ވާކަމަށެވެ.
ހައުސްޓަންގެ ފުލުހުން މި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު މި ހާދިސާ ހިނގި އިރު ޑެލިއޯންއާއެކު އޭނާގެ ދެބެންދެދަރި ކުއްޖަކު ޑެލިއޯންގާއި އެއް ކޮޓަރިއެއްގައި އުޅުނު ކަމަށް ހައުސްޓަންގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.
ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ޑެލިއޯން މަރުވެފައިވާއިރު މި ފަދަ ހާދިސާއެއްގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުގައިވެސް ޒުވާނަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް