އިސްލާމިކް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރާ ހަވާލު ކުރައްވައިފި

އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރު ޗުއްޓީއަކަށް ވަޑައިގަތުމުން އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވައިފި އެވެ. ދުވަހަށް މައުލޫމާތު ލިބ...

04 Oct 2015 | 06:19

އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރު ޗުއްޓީއަކަށް ވަޑައިގަތުމުން އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވައިފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައުސިން މިނިސްޓަރު ޗުއްޓީއަށް ވަޑައިގެންނެވީ މިއަދުން ފެށިގެންނެވެ. އަދި އެ މިނިސްޓްރީ ހިންގެވުމަށް ހައުސިން މިނިސްޓަރާ ހަވާލު ކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޗުއްޓީ ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމާއި ހަމައަށެވެ.

އިސްލާމިކް މިނިސްޓަރު ޗުއްޓީއެއް ނެންގެވިކަން އެނގިފައި ވީނަމަވެސް ނަންގަވާފައިވަނީ ކިހާ މުއްދަތަކަށްކަން އެނގިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް