ދިއްދޫ ކައުންސިލާއި ފުލުހުން ގުޅިގެން ކެއްކުމުގެ މުބާރާތެއް ބާއްވައިފި

ހއ. ދިއްދޫގައި ހުރި އެކިއެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންކަމުގައި ބައިވެރިވުން އިތުރު ކުރުމުގެ ރޫހް އުފައްދައި ރަށުގެ ވެށި އަމާން ކުރުމަށް ގުޅި...

04 Oct 2015 | 05:55

ހއ. ދިއްދޫގައި ހުރި އެކިއެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންކަމުގައި ބައިވެރިވުން އިތުރު ކުރުމުގެ ރޫހް އުފައްދައި ރަށުގެ ވެށި އަމާން ކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ފޯރި ހިފެހެއްޓުމުގެ ގޮތުން ދިއްދޫ ކައުންސިލާ ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފޯރިގަދަ ކެއްކުމުގެ މުބާރާތެއް ދިއްދޫގައި ބާއްވައިފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މި އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ދިއްދޫގައި ކުރިޔަށްދިޔަ ފޯރިގަދަ މި މުބާރާތުގައި ދިއްދޫގައި ހުރި ހަ މުއައްސަސާއަކުން ޓީމުތައް ވާދަކޮށްފައި ވެއެވެ. ކަނޑައެޅިފައިވާ ވަކި ވަގުތު ތެއްގެ ތެރޭގައި ކެއްކުން ފުރިހަމަކޮށް ކާންތައްޔާރު ކުރާގޮތަށް ވަކި މެނޫތަކެއް ޚާއްޞަކޮށްގެން ގެންދިޔަ މި މުބާރާތުން ފަޚުރުވެރި އެއް ވަނައެއް ހޯދާފައިވަނީ ހއ. އަތޮޅު ހޮސްޕިޓަލުން ބައިވެރިވި ޓީމު ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މުބާރާތަކީ މިއަހަރުގެ އަޟްޙާޢީދުގެ ދުވަސްވަރާ ދިމާވާގޮތަށް އިންތިޒާމު ކޮށްގެން ދިއްދޫގައި ކުރިޔަށް ގެންދިޔަ މުބާރާތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް