ހަރަމްފުޅުގެ ތެރެއަށް ކެރޭނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ބިންލާދިން ގްރޫޕްގެ އިންޖިނޭރުންނާ ސުވާލުކޮށްފި

މި އަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ސައުދީއަރަބިއްޔާއަށް ގޮސް ތިއްބާ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގެ ތަހުގީގުގައި ބި...

04 Oct 2015 | 05:27

މި އަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ސައުދީއަރަބިއްޔާއަށް ގޮސް ތިއްބާ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގެ ތަހުގީގުގައި ބިން ލާދިން ގްރޫޕްގެ އިންޖިނޭރުންނާއި ބައެއް އޮފިޝަލުންނާ ސުވާލު ކުރަން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ތަހުގީގުގައި ސުވާލުކުރަން ފަށާފައިވަނީ އިއްޔެ އެވެ. ސުވާލު ކުރުން ކުރިއަށްދާއިރު އެއްވެސް ފަރާތެއްގެ ކުޑަނަމަވެސް އިހުމާލެއް ވާކަން އެނގޭނަމަ އެމީހެއްގެ މައްސަލަ ސައުދީ ކްރިމިނަލް ކޯޓަށް ފޮނުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިހާދިސާގައި މީހެއްގެ މައްޗަށް ދައުވާ ކުރާނަމަ ކުރަނީ އިހުމާލު ވުމުގެ ސަބަބުން ބައެއްގެ ފުރާނަ ގެއްލުމުގެ ދައުވާއާއި އިމާރާތައް ގެއްލުން ދިނުމުގެ ދައުވާ ކަމަށްވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ހަރަމްފުޅުގެ ތެރެއަށް ކެރޭނު ވެއްޓި ހިނގި އެ ހާދިސާގައި 111 މީހަކު ޝަހީދުވެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް