ކެޓްރީނާ ކައިފް އަދި އަދިތުޔަ ރޯއީ ފެނިގެންދާ "ފިތޫރު" ގެ ޝޫޓިން ނިންމާލައިފި

ކެޓްރީނާ ކައިފް އަދި އަދިތުޔަ ރޯއީ ކަޕޫރު އެކްޓްކުރާ ލޯބީގެ ޑްރާމާ ފިލްމެއް ކަމަށްވާ "ފިތޫރު"ގެ ޝޫޓިން އިއްޔެ ނިންމާލައިފި އެވެ. ބެލުންތެރިންގެ މަގްބޫލުކަން ހޯދި "ކައި ޕޯ ޗޭ" ޑައިރެކްޓްކުރި އަބީޝޭކް ކ...

04 Oct 2015 | 05:05

ކެޓްރީނާ ކައިފް އަދި އަދިތުޔަ ރޯއީ ކަޕޫރު އެކްޓްކުރާ ލޯބީގެ ޑްރާމާ ފިލްމެއް ކަމަށްވާ "ފިތޫރު"ގެ ޝޫޓިން އިއްޔެ ނިންމާލައިފި އެވެ.

ބެލުންތެރިންގެ މަގްބޫލުކަން ހޯދި "ކައި ޕޯ ޗޭ" ޑައިރެކްޓްކުރި އަބީޝޭކް ކަޕޫރުގެ މި ފިލްމު "ފިތޫރު"ގެ ޝޫޓިން ނިންމާލިކަން އޭނާ ވަނީ ޓްވީޓަކުން ބެލުންތެރިންނަށް ޔަގީން ކޮށްދީފަ އެވެ.

ޓްވީޓްގައި ބުނެފައިވަނީ ފިލްމާއި މެދު ކުރެވޭ އުންމީދު ބޮޑު ކަމަށެވެ. ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް "ފިތޫރު" ޓީމުން ބުނެ އެވެ.

މި ފިލްމުގައި ކެޓް ކުޅެނީ ފިރްދައުސް ކިޔާ އަންހެނެއްގެ ރޯލެކެވެ. ރޯއީ ކަޕޫރު ޅެނީ ނޫރު ކިޔާ މީހެއްގެ ރޯލެވެ. މި ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށްދިޔައިރު ރޭކާވެސް ފިލްމުގެ ބައެއް ކުޅުނެވެ. ނަމަވެސް ފަހުން އެ ރޯލު ކުޅުނީ ތާބޫ އެވެ. ފިލްމު ރިލީޒް ކުރަން ނިންމާފައިވަނީ ފެބްރުއަރީ 12 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް