ސަލްމާން ޚާން ގެ މުސާރައާމެދު ސުވާލުކުރުމުން ރަތަށް!

ސަލްމާން ޚާން އޭނާގެ މުސާރައާއިމެދު ނޫސްވެރިއަކު ސުވާލު ކުރުމުން ރުޅިގަދަވެއްޖެ އެވެ. "ބިގް ބޮސް ނައު" އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރީ މިއަހަރު ބިގްބޮސްގެ ތީމަކީ "ޑަބ...

04 Oct 2015 | 04:41

ސަލްމާން ޚާން އޭނާގެ މުސާރައާއިމެދު ނޫސްވެރިއަކު ސުވާލު ކުރުމުން ރުޅިގަދަވެއްޖެ އެވެ.

"ބިގް ބޮސް ނައު" އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރީ މިއަހަރު ބިގްބޮސްގެ ތީމަކީ "ޑަބަލް ޓްރަބަލް" ކަމަށްވާއިރު ސަލްމާން ހާންގެ މުސާރަވެސް ޑަބަލް ވި ތޯ އެވެ؟

އެ ސުވާލަށް ސަލްމާން ދިނީ ވަރަށް ނުކިއްސަރު ޖަވާބެކެވެ. ސަލްމާން ބުނީ އޭނާއަށް ލިބޭ އާމްދަނީގެ ތަފްސީލް އެހެން މީހުން ބަލަން ނުޖެހޭނެ ކަމަށާއި އެހެން މީހުންނަށް ލިބޭ އާމްދަނީވެސް އޭނާ ނުބަލާ ކަމަށެވެ. އަދި އޭނާއަށް ލިބޭ އާމްދަނީ އަބަދުވެސް ހޭދަ ކުރަނީ ރަނގަޅު ގޮތުގައި ކަމަށްވެސް ސަލްމާން ފާހަގަ ކުރި އެވެ.

ސަލްމާން ޚާން ބުނީ އޭނާއަށް ލިބޭ ލާރި ހަރަދު ކުރަނީ އޭނާ ހިންގަމުން އަންނަ "ބީއިން ހިއުމަން" ފައުންޑޭޞަން ހިންގުމަށް ކަމަށެވެ.

ބިގްބޮސް 9، މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު ސަލްމާން އަންނަނީ ދެ ފިލެމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ޕްރޭމް ރަތަން ދަން ޕަޔޯ" އަދި "ސުލްތާން" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް