ޗައިނާއަށްވުރެ ގަދަ ކުރަން އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަނީ

ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ނޫސްތަކު...

04 Oct 2015 | 02:35

ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ސުޝްމާ ރާއްޖެއަށްކުރާ މި ޒިޔާރަތް އިންޑިއާގެ ނޫސްތަކުގައި ސިފަކޮށްފައިވަނީ ޗައިނާއަށްވުރެ ރާއްޖެއާއެކު ގުޅުން ބަދަހިކޮށް ގަދަ ކުރަން ކުރާ ޒިޔާރަތެއްގެ ގޮތުގަ އެވެ.

އިންޑިއާގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ސުޝްމާގެ މި ޒިޔާރަތުގައި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެ އެވެ. ނަމަވެސް ސުޝްމާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ ކޮންކޮން އޮފިޝަލުންނާ ކަމެއް ނޫސްތަކުގައި ބުނެފައެއް ނުވެ އެވެ.

އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަތުމަށް ނިންމާފައި ވާއިރު އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަން ނިންމެވި ދަތުރު ފުޅެއް މި އަހަރުގެ މެދުތެރޭގައި ވަނީ ކެންސަލް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް