ބަނޑިޔަލެއްގައި ބޯ ތާށިވި ލެޕަޑެއް ސަލާމަތްކޮށްފި

އިންޑިއާގެ ރާޖަސްތާނުގައި ބަނޑިޔަލަކުން ފެންބޯން އުޅުނު ލެޕަޑެއްގެ ބޯ، އެ ބަނޑިޔަލުގައި ތާށިވުމުން އާންމުންގެ މަސައްކަތުން އެ ލެޕާޑް ސަލާމަތްކޮށްފި އެވެ. މިކަން ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ....

04 Oct 2015 | 02:07

އިންޑިއާގެ ރާޖަސްތާނުގައި ބަނޑިޔަލަކުން ފެންބޯން އުޅުނު ލެޕަޑެއްގެ ބޯ، އެ ބަނޑިޔަލުގައި ތާށިވުމުން އާންމުންގެ މަސައްކަތުން އެ ލެޕާޑް ސަލާމަތްކޮށްފި އެވެ.

މިކަން ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ލެޕަޑްގެ ބޯ ތާށިވި ބަނޑިޔާ ނައްޓާލެވުނީ އެކަމެއް ހިނގިތާ ހަ ގަޑިއިރު ފަހުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

އަދި އެ ލެޕަޑް ސަލާމަތް ކުރުމަށްފަހު ޖަންގައްޔަށް ދޫކޮށްލާފައި ވާކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް