އަޤްޞާ ހިމާޔަތް ކުރަން ފަލަސްތީނު ރައްޔިތުން ހަތިޔާރު އެޅުމަށް ހަމާސް އިން ގޮވާލައިފި

މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދު އަލް އަޤްޞާ ހިމެނޭ ސަރަހައްދުގައި އިޒްރޭލު ފުލުހުންގެ ޖަރީމާތައް އިތުރު ވުމާއި ޔަހޫދީ އަލް އަޤްޞާ އަށް ޒިޔާރަތްކުރުން އިތުރުވެފައި...

04 Oct 2015 | 01:28

މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދު އަލް އަޤްޞާ ހިމެނޭ ސަރަހައްދުގައި އިޒްރޭލު ފުލުހުންގެ ޖަރީމާތައް އިތުރު ވުމާއި ޔަހޫދީ އަލް އަޤްޞާ އަށް ޒިޔާރަތްކުރުން އިތުރުވެފައިވާތީ އަޤްޞާ ހިމާޔަތުގައި ފަލަސްތީނު ރައްޔިތުން ހަތިޔާރު އެޅުމަށް ހަމާސް ޖަމާއަތުން ގޮވާލައިފި އެވެ.

މިކަމަށް ގޮވާލާފައިވަނީ ހަމާސް ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ މަހްމޫދު ޒަހަރް އެވެ.

އިސްލާމިކް މޫވްމެންޓް ވެބްސައިޓަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އަޤްސާ ހިމާޔަތް ކުރެވޭނެ ހަމައެކަނި ގޮތަކީ މުސްލިމުން ހަތިޔާރު އެޅުން ކަމަށެވެ.

ހަމާސް ޖަމާއަތުން މިކަމަށް ގޮވާލާފައިމިވަނީ ގުދުސްގައި އިޒްރޭލު ފުލުހުންގެ ޖަރީމާތައް އިތުރުކޮށް ޔަހޫދީން އަޤްޞާއަށް ވަނުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިޒްރޭލުން ވަނީ މީގެ ހަފްތާއެއް ކުރިން އެ ސަރަހައްދަށް އިތުރު 800 ފުލުހުން ފޮނުވާފަ އެވެ. އަދި ނިމިދިޔަ ހަފްތާގައި އެކަނިވެސް ހަތަރު ފަހަރެއްގެ މަތިން ހަތިޔާރާއެކު އިޒްރޭލު ފުލުހުން އަޤްޞާ މިސްކިތުގެ ތެރެއަށްވަދެ ޖަރީމާތައް ހިންގާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް