އީރާނު އެއްކޮޅަށް އޮތަސް، ހޫތީންނަށް ދެން ކުޅިކުޅިވަރެއް ނުކުޅެވޭނެ: ޔަމަނު ބޮޑުވަޒީރު

އީރާނުން ކިތަންމެ ވަރަކަށް ހޫތީންނަށް އެއްބާރުލުން ދިނަސް، ޔަމަނުގައި ދެން ހޫތީންނަށް ކުޅިކުޅިވަރު ނުކުޅެވޭނެ ކަމަށްބުނެ ޔަމަނުގެ ބޮޑުވަޒީރު ހާލިދު ބާހާ، ހޫތީންނަށް އިންޒާރު ދީފި އެވެ. "ހޫތީންނާއި އެމ...

04 Oct 2015 | 01:02

އީރާނުން ކިތަންމެ ވަރަކަށް ހޫތީންނަށް އެއްބާރުލުން ދިނަސް، ޔަމަނުގައި ދެން ހޫތީންނަށް ކުޅިކުޅިވަރު ނުކުޅެވޭނެ ކަމަށްބުނެ ޔަމަނުގެ ބޮޑުވަޒީރު ހާލިދު ބާހާ، ހޫތީންނަށް އިންޒާރު ދީފި އެވެ.

"ހޫތީންނާއި އެމީހުންގެ ވާގިވެރިންނަށް މިއީ ދޭ އެންމެ ފަހުގެ އިންޒާރު، ދެން ތިމީހުންނަށް ކުޅިކުޅިވަރެއް ނުކުޅެވޭނެ" ގައުމުގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ބާހާ ވިދާޅުވި އެވެ.

ބާހާ މިހެން ވިދާޅުވީ ހޫތީންގެ ކޮންޓްރޯލް ދަށުގައި އޮތް ބަބް އަލް-މަންދަބުން ހޫތީން ފައްސާލުމަށްފަހު އަރަބި ކޯލީޝަނަށް ހިތްވަރުދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޔަމަނުގައި ހޫތީންގެ ބާރު ކަނޑުވާލުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަލާފައިވާ "އަރަބި ކޯލީޝަނުން" މެދު ނުކެނޑި މަސައްކަތް ކުރަމުން އަންނައިރު ޔަމަނުގެ ވެރިރަށް ސަނާ އަދި އުތުރުގެ ޕްރޮވިންސްތައް އޮތީ ހޫތީންގެ ކޮންޓްރޯލް ދަށުގަ އެވެ.

ބާހާ އިއްޔެ ވިދާޅުވީ ދެން ކުރިއަށް އޮތީ އުތުރު ބޯޑަރު ކައިރިން މޯޚާ އަދި ހޮޑެއިޑާއޭ ކިޔުނު ދެ އަވަށް ހޫތީންގެ އަތްދަށުން ސަލާމަތް ކުރުން ކަމަށާއި އެއަށްފަހު ވެރިރަށް ސަނާއިންވެސް ހޫތީން ނައްތާލާނެ ކަމަށެވެ.

ހޫތީން ނައްތާލުމަށް އަރަބި ކޯލީޝަނުން ވައިގެމަގުން ދެމުން އަންނަ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 19 މީހަކު މަރާލާފައި ވެ އެވެ. އޭގެ ތެރެއިން 12 މީހުންނަކީ ހޫތީންގެ ހަނގުރާމަވެރިން ކަމަށްވާއިރު އަނެއް ހަތް މީހުންނަކީ ޔަމަނުގެ އާންމު ރައްޔިތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް