ބަގުދާދުގައި ތިން މީހަކު ޖާނުންފިދާވެ ދިން ހަމަލާއެއްގައި 24 މީހަކު މަރުވެއްޖެ

އިރާގުގެ ވެރިރަށް ބަގުދާދުގައި ތިން މީހަކު ޖާނުންފިދާވެ ދިން ހަމަލާއެއްގައި 24 މީހަކު މަރުވެއްޖެ އެވެ. އިއްޔެ ހިންގި މި ޖަރީމާ ހިންގާފައިވަނީ ބަގުދާދުގެ އަދާން ސްކޮޔާ ސަރަހައްދުގެ ޗެކް ޕޮއިންޓެއްގަ އެ...

04 Oct 2015 | 01:00

އިރާގުގެ ވެރިރަށް ބަގުދާދުގައި ތިން މީހަކު ޖާނުންފިދާވެ ދިން ހަމަލާއެއްގައި 24 މީހަކު މަރުވެއްޖެ އެވެ.

އިއްޔެ ހިންގި މި ޖަރީމާ ހިންގާފައިވަނީ ބަގުދާދުގެ އަދާން ސްކޮޔާ ސަރަހައްދުގެ ޗެކް ޕޮއިންޓެއްގަ އެވެ. މި ހަމަލާގެ ޒިންމާ މިހާރު އައިއެސް ޖަމާއަތުން ވަނީ އުފުލާފަ އެވެ.

މި ހަމަލާއާއި ބެހޭގޮތުން ބަގުދާދުގެ އޮޕަރޭޝަންސް ކޮމާންޑްގެ ތަރުޖަމާނު ސާޑް މާން ބުނީ މި ކަން ހިނގާފައިވަނީ އިއްޔެ ފަތިހު 5:30 ހާއިރު ކަމަށާއި އަދާން ސްކޮޔާ ޗެކް ޕޮއިންޓަކީ ކަދީމިއްޔާގައި ޝިއައީން އުޅޭ ސަރަހައްދެއް ވަދެވޭ ޗެކްޕޮއިންޓެއް ކަމަށެވެ.

ސާޑް މާން ބުނީ އެ ތިން މީހުން ޖާނުންފިދާވީ އެކަމަށް ޝައްކު ކުރެވިގެން ބޯޑަރު ފުލުހުން އެމީހުންނަށް ހަމަލާ ދިނުމުން ކަމަށެވެ.

މި ހަމަލާގައި 24 މީހަކު މަރުވެފައިވާއިރު 61 މީހަކަށް ކަދީމިއްޔާ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އަދާން ސްކޮޔާގައި އިއްޔެ 24 މީހަކު މަރުވެފައިވާއިރު މި އަހަރުގެ ފެބްރުއަރީމަހު އެ ޗެކްޕޮއިންޓްގައި މީހަކު ޖާނުން ފިދާވެ ދިން ހަމަލާއެއްގައި 20 މީހަކު މަރުވެފައި ވެ އެވެ.

އިރާގާއި ސީރިޔާގައި އާންމު މަސްރަހު ގޯސްވެފައިވާއިރު އދ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ ސެޕްޓެމްބަރު މަހުގައި އެކަނިވެސް އިރާގުގައި 717 މީހަކު މަރުވެފައި ވެ އެވެ. ޒަހަމްވި މީހުންގެ އަދަދު 1216 އަށް އަރަ އެވެ. ބަގުދާދުން އެކަނި މަރުވި މީހުންގެ އަދަދު އުޅެނީ 250 އަށްވުރެ މަތީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް