ގުދުސްގައި މުސްލިމުންނާއި ޔަހޫދީންނާއި ދެމެދު އިއްޔެ ހިނގި ކުރިމަތިލުމެއްގައި ބަޑިއާއި ވަޅިން ދިން ހަމަލާއެއްގައި އިޒްރޭލު ފުލުހުންގެ ތިން މީހަކު ޒަހަމްވެފައި ވާކަމަށް އިޒްރޭލު ފުލުހުން ބުނެފި އެވެ.
ޒަހަމްވި ފުލުހުންނަށް ލިބިފައިވާ ޒަހަމްގެ އެއްވެސް ތަފްސީލެއް އިޒްރޭލުން ހާމަކޮށްފައެއް ނުވެ އެވެ. ބުނެފައިވަނީ އެ ހާލަތު މިހާރު ކޮންޓްރޯލް ކުރެވިފައި ވާ ކަމަށެވެ.
އިޒްރޭލު ތިން ފުލުހަކު ޒަހަމްކޮށްލާފައި މިވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދު އަލް އަޤްޞާ ހިމެނޭ ސަރަހައްދުގައި އިޒްރޭލު ފުލުހުން ޖަރީމާތައް ހިންގަމުން އަންނަތާ ދެ ހަފްތާ ވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް