ޤައުމީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފޮނުއްވައިފިިއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިި ދިވެހި ވަންތަކަމަށްޓަކައި ފަހުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ އެކަމާއި ރައީސް މައުމޫނު ވަނީ އުފާފާޅު ކުރައްވާފައެވެ.
މީގެ އިތުރުން މައުމޫނު ފާހަގަ ކުރެއްވީ، ވަރަށް ގިނަ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސަލާމް ނުކުރައްވާކަމެވެ. އަދި އެކަމާއި ދެރަވާ ކަމަށް މައުމޫނު ވަނީ ވިދާޅުުވެފައެވެ.
އިސްލާމްދީނުގައި ހިލޭ ފިރެހެުނުންނާއި ސަލާމް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ގިނަ އިލްމުވެރިން އެއްބަސްވެއެވެ.
އެހެންކަމުން ކުރީގެ ރައީސް މައުމޫނު އެކަމާއި ގުޅިގެން ދެރަވާކަމަށް ފާހަގަކުރެއްވީތީ ގިނަ ބަޔަކު ވަނީ މައުމޫނަށް ފާޑު ކިޔާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް