މުއިއްޒުގެ އަނބިކަނބަލުންނާއި ސެމްބެގެ އަނބިކަނބަލުންނާއެކު މެޑަފް ފާތުން ކެމްޕޭނުގައި

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު (ސެމްބެ)ގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދާއެކު، ކުރީގެ ރައީސް...

04 Sep 2023 | 17:22

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު (ސެމްބެ)ގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މުއިއްޒުގެ ކެމްޕޭނަށް ނުކުމެވަޑައިގެންފިއެވެ.

މެޑަމް ފާތުން ރިޔާސީ ހަރަކާތަކަށް ނުކުމެވަޑައިގަތީ ގިނަ ދުވަސްތަކަކަށް ފަހުގައެވެ. އަދި މިއީ މުއިއްޒުގެ ކެމްޕޭނުގައި މެޑަމް ފާތުން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މުއިއްޒުގެ ކެމްޕޭނަށް މެޑަމް ފާތުން ނުކުމެވަޑައިގެންފައި މިވަނީ، އަމިއްލަގޮތުން ވާދަކުރައްވާ ފާރިސް މައުމޫނާއި ޔާމީން ބައްދަލު ކުރެއްވި ކަމަށް އަޑު ފެތުރިފައިވާ ވަގުތެއްގައެވެ. ނަމަވެސް އެކަން ދޮގުކޮށް ޕީޕީއެމް/ޕީއެންސީއިން ވަނީ ބަޔާނެއް ނެރިފައެވެ.

އެ ބަޔާނުގައި އިދިކޮޅުން ބުނީ، އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީނުއާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް ބައްދަލު ކުރި ކަމަށް ފެތުރު ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.

އެފަދަ ވާހަކަތައް ފަތުރަނީ އެ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް ރައީސް ޔާމީނު ވިދާޅުވެފައި ވާތީ، މުއިއްޒަށް ވޯޓު ދެއްވުމަށް ޔާމީނު އެދިވަޑައިގެންފައި ވާނީ އެކަން ހަޖަމު ނުވެގެން ދައްކާ ދޮގު ވާހަކައެއް ކަމަށް އިދިކޮޅުން ބުންޏެވެ.

އަދި އެ ކޯލިޝަނުން ބުނީ އެފަދަ ވާހަކަތައް ފަތުރަނީ އެ ކޯލިޝަން މެމްބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

“އަދި މި ހަބަރު ފެތުރުމުގެ އަޑީގައި އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ ބައިވެރިން ހިމެނޭކަމުގައި ދެކުމުގެ ފުރުސަތުވެސް އެބައޮތް” އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުން އެ ޕާޓީގެ ސަޕޯޓަރުންގެ ކިބައިން އެދިފައި ވަނީ މިފަދަ ދޮގު ވާހަކަތަކުގައި ނުޖެހުމަށާއި ޔާމީން އެންޑޯޒް ކުރައްވާފައިވާ ކެނޑިޑޭޓް ޑރ. މުއިއްޒާއެކު ސާބިތުވެ ތިބުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް