ހުޅަނގު އެފްރިކާގައި އެ ގައުމުގައި ފަރަންސޭސި އަސްކަރިއްޔާ އޮތުމާ ދެކޮޅު ބައެއް ސިވިކް ޖަމިއްޔާތަކުން ގޮވާލުމާ ގުޅިގެން ހޮނިހިރު ދުވަހު މުޒާހަރާގެ ބައިވެރިން ފްރާންސް ސިފައިން ތިބޭ މަރުކަޒެއް ކައިރިއަށް އެއްވެ އެގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް ގޮވާލައިފި އެވެ.
"ފަރަންސޭސި ލަޝްކަރު އަހަރެމެންގެ ގައުމު ދޫކޮށްދޭ" ލިޔެފައިވާ ބެނާތައް ހިފައިގެން ތިއްބެވެ.
ނައިޖަރުގެ އަސްކަރީ ސަރުކާރުން މިދިޔަ ހުކުރު ދުވަހު ފަރަންސޭސިވިލާތަށް ބަހުގެ ހަމަލާތަކެއް ވަނީ ދީފައެވެ. މިބަހުގެ ހަމަލާތަކުގައި، ވެރިކަމުން ދުރުކުރި ރައީސަށް ތާއީދުކޮށް ފަރަންސޭސިވިލާތުގެ ޕެރިހުން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.
ފަރަންސޭސި ވިލާތުގެ ސަފީރު ސިލްވެއިން އިއްޓޭ ވަގުތުން "ބޭރު" ކުރައްވާނެ ކަން ވެސް އަސްކަރީ ވެރިން އިއުލާންކޮށް، އޭނާގެ ޑިޕްލޮމެޓިކް އިމިއުނިޓީ އަނބުރާ ގެންދަވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އޭނާ ހުންނެވުމަކީ އާންމު އަމަން އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް އެ ފަރާތްތަކުން ބުނަމުން ގެންދިޔައެވެ.
ނަމަވެސް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ނައިޖަރުގައި އިޓޭ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި މިދިޔަ ހުކުރު ދުވަހު ނައިޖަރުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެހެންނަމަވެސް އޭނާ އަދިވެސް ހުންނެވީ އެ ގައުމުގައި ކަމަށް އިމަނުއެލް ވިދާޅުވެފަ ވެއެވެ.
ނައިޖަރު ހަމަނުޖެހުންތަކުގެ ތެރެއަށް ވެއްޓުނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރައީސް މުހައްމަދު ބަޒޫމް މަގާމުން ދުރުކުރި އަސްކަރީ އިންޓަވެންޝަނެއްގައި އިސްކޮށް ހުންނެވި ރިޔާސީ ގާޑުގެ ކުރީގެ ކޮމާންޑަރު ޖެނެރަލް އަބުދުރަހަމާނޭ ޓްޗިއާނީ އިސްކޮށް އުޅުއްވުމުންނެވެ.
ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެގައުމުގެ ކުރީގެ އިސްތިއުމާރީ ބާރު އަދި ބައިވެރިޔާ ފްރާންސާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. ސަބަބަކީ ޕެރިސް ބަޒޫމްއާ އޭނާ އެއްކޮޅަށް ތެދުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް