މާލޭގައި ފަތިހު 5:45 އިން ދަންވަރު 12:15 އަށް މިނީ ބަހުގެ ހިދުމަތް ދޭނެ

މާލޭގައި ފަތިހު5:45 ން ދަންވަރު12:15 އަށް މިނީ ބަހުގެ ހިދުމަތް ދޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ. މިނި ބަހުގެ ހިދުމަތް މާލޭގައި މާދަމާ ފަށާނެ އެވެ. ދަތުރަކަށް ހަތް ރުފިޔާ ނަގާ ބަހުގެ ހިދުމަތް ފުރަތ...

04 Sep 2022 | 18:27

މާލޭގައި ފަތިހު5:45 ން ދަންވަރު12:15 އަށް މިނީ ބަހުގެ ހިދުމަތް ދޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މިނި ބަހުގެ ހިދުމަތް މާލޭގައި މާދަމާ ފަށާނެ އެވެ. ދަތުރަކަށް ހަތް ރުފިޔާ ނަގާ ބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްތާ ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެވެ.

އެމްޓީސީސީން ބުނީ ދަތުރު ޓިކެޓް ނަގަން ފެށި ނަމަވެސް، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށް ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުންޏެވެ.

އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރު ކުރާނެ އެވެ. އަދި މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ އެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ އެވެ.

ބަހުގެ ކިއުއާރް ޓިކެޓް އާރްޓީއެލް ވެބްސައިޓުން އަދި އެފްލިކޭޝަނުން ހޯދޭނެ އެވެ. އާރްޓީއެލް އެފްލިކޭޝަން އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރާނެ އެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަހެވެ. މިނީ ބަސްތަކުގައި 20-22 މީހުންނަށް އިޗީންދެގެން އަދި 10 މީހުންނަށް ކޮޅަށް ދަތުރު ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް