ގޭބިސީތަކުގައި ކަރަންޓު ބޭނުން ކުރާވަރު އިތުރުވެ، ޗައިނާގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.
ޗައިނާގެ ނެޝަނަލް ބިއުރޯ އޮޮފް ސްޓެޓިސްޓިކްގެ ތަފާސް ހިސާބު ދައްކާގޮތުން އެ ގައުމުގެ ޕާޗާސިން މެނޭޖާސް އިންޑެކްސް (ޕީއެމްއައި) ދައްކާގޮތުން މިދިޔަ ޖުލައި މަހު އުފެއްދި ތަކެތި ގަންނަ މިންވަރު49.4 ން49.0އަށް ވަނީ ދަށްވެފައި އެވެ. އެ އަދަދު މާބޮޑަށް ބަދަލު ނުވިޔަސް50 އަށްވުރެ ދަށުގައި ހުކުރުމަކީ އިގްތިސޯދަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ.
އުފެއްދުންތެރިކަން އެންމެ ބޮޑަށް މަޑު ޖެހިފައިވަނީ އެއާ ކޮންޑިޝަން ބޭނުން ކުރުން އިތުރުވުމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭސީ ބޭނުން ކުރާ ވަރު އިތުރުވެފައިވަނީ އާދިޔާ ހިލާފަށް އެ ގައުމަށް ހޫނުވުމުންނެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި ޗައިނާގެ އިންތިސޯދު ދަށަށް ދާން ޖެހުނު އަނެއް ސަބަބަކީ ކޯވިޑް-19 ކޮންޓްރޯލްކޮށް "ޒީރޯ ކޯވިޑް" ގައި ބެހެއްޓުމަށް ލޮކްޑައުން ކުރުމެވެ. ލޮންޑައުންގެ ސަބަބުން އުފެއްދުންތެރިކަމަށް އިތުރަށް އަސަރުކޮށް، އިތުރަށް އަނދަވަޅަކަށް ވެއްޓުނެވެ.
ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ ކުރިޔަށް އޮތް މަސްތަކުގައިވެސް ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރަށް ދަށްވެ އިގްތިސޯދު ދަށަށް ދާނެ އެވެ.
ޗައިނާ ސަރުކާރުން ނެގި ކޯވިޑް ފިޔަވަޅުތަކުގެ ސަބަބުން އިގްތިސޯދަށް އަސަރު ކުރާނެކަން އެނގި ހުރެ އެފަދަ ހަރުކަށީ ވިޔަފަޅުތަކެއް އެޅީ ކުރިޔަށް އޮތް ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްއާއި ދިމާކޮށް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް