އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އާތިފް އައްޔަން ކޮށްފި

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަކަށް އަހުމަދު އާތިފް އައްޔަން ކޮށްފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ އެމަގާމަށް ށ. ކަނޑިިތީމު، ދޯދި އާތިފް އައްޔ...

04 Sep 2022 | 11:16

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަކަށް އަހުމަދު އާތިފް އައްޔަން ކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ އެމަގާމަށް ށ. ކަނޑިިތީމު، ދޯދި އާތިފް އައްޔަން ކުރީ މިއަދު ކަމަށެވެ.

އޭނާ މިހާތަނަށް ހުންނެވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑީރެކްޓަރުގެ މަގާމުގައި އެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމަށް ބޭފުޅަކު އައްުޔން ކުރީ ކުރިން އެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު ރިޓަޔާ ކުރެއްވުމުންނެވެ.

އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ22 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް