އަކްޝޭގެ ފިލްމުތައް ފޮލޮޕްވީ ކަޕިލްއާ ހެދި ކަމަށް ބުނެފި

ބޮލީވުޑްގެ ބަތަލް އަކްޝޭ ކުމާރުގެ ފިލްމުތައް ފްލޮޕްވަމުން ދަނީ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އާއި ހެދި ކަމަށް ބުނެފި އެވެ. މިއަހަރު ރިލީޒް ކުރި އަކްޝޭގެ ފިލްމުތައް ކަމަށްވާ "ރަޝްކާ ބަންދަން" އާއި ...

04 Sep 2022 | 08:27

ބޮލީވުޑްގެ ބަތަލް އަކްޝޭ ކުމާރުގެ ފިލްމުތައް ފްލޮޕްވަމުން ދަނީ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އާއި ހެދި ކަމަށް ބުނެފި އެވެ.

މިއަހަރު ރިލީޒް ކުރި އަކްޝޭގެ ފިލްމުތައް ކަމަށްވާ "ރަޝްކާ ބަންދަން" އާއި "ސަމްރާތް ޕްރިތްވިރާޖް" އަދި "ބައްޗަން ޕާންޑޭ" ވަނީ ބޮޑު ނާކާމިޔާބަކާއި ކުރިމަތިވެ ފްލޮޕްވެފައި އެވެ.

ފިލްމުތައް ފްލޮޕްވުމުގެ ޒިންމާ އަކްޝޭ، ކަޕިލްގެ ބޮލުގައި އެޅުވީ "ދި ކަޕިލް ޝަރުމާ ޝޯ" ގެ އާ ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެ ދެއްކި ވާހަކައެއްގައި އެވެ. އެ ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ސޮނީ ޓީވީންނެވެ.

އެ ޕްރޮގްރާމްގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު ކަޕިލް، އަކްޝޭ ކައިރިން އަހަނީ ކޮންމެ އަހަރެއްގެ އުފަންދުވަހު އުމުރުން ހަގު ވަނީ ކީއްވެތޯ އެވެ. ޖަވާބު ދޭން ފެށުމުގެ ކުރިން އަކްޝޭ ވަރަށް ފޫހި ފާޑަކަށް މޫނު ހަދާލަ އެވެ.

ޖަވާބުގައި އަކްޝޭ ބުނީ ކަޕިލް އަކީ އޭނާ ކުރާ ހުރިހާ ކަމަކަށް ބޭނިގަންނަ މީހެއް ކަމަށެވެ. އެގޮތުން އޭނާއަށް ލިބޭ ފައިސާ އާއި އޭނާގެ ފިލްމުތަކާއި ވެސް ކަޕިލް ބެހޭ ކަމަށާއި އެންމެ ފަހުން އެކަންތަކާއި ހެދި އޭނާގެ އެއްވެސް ފިލްމެއް ހިޓު ނުވާ ކަމަށެވެ.

އެ ޝޯއަކީ ކޮމިޑީ ޝޯއަކަށް ވާތީ މިއީ އަކްޝޭ މަޖަލަށް ދެއްކި ވާހަކަށް ނޫނީ ނުވާނެ އެވެ. އެކަމަކު މީގެ ކުރިން ބައެއް ފިލްމީ ތަރިން ވަނީ ކަޕިލްގެ ޝޯގެ ސަބަބުން އެމީހުންގެ ފިލްމަށް އަސަރު ކުރާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް