ތުރާކުނު ފެރީ ހަޓުގެ މަސައްކަތް ނިންމައިފި

ހއ. ތުރާކުނު ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ އެވެ. މިއީ އެމްޓީސީސީގެ މަސައްކަތެކެވެ. މި ފެރީ ހަޓަކީ އާރުޓީއެލް ފެރީ ނިމާޒުގެ ދަށުން ޒޯން އެކެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ފެރީ ހަޓެކެވެ. މި...

04 Sep 2022 | 07:55

ހއ. ތުރާކުނު ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ އެވެ.

މިއީ އެމްޓީސީސީގެ މަސައްކަތެކެވެ. މި ފެރީ ހަޓަކީ އާރުޓީއެލް ފެރީ ނިމާޒުގެ ދަށުން ޒޯން އެކެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ފެރީ ހަޓެކެވެ.

މި ހަޓުގެ ބޭނުމަކީ އާރުޓީއެލް ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބަނދަރުގައި މަޑުކޮށްލެވޭ ތަނެއް ބެހެއްޓުމުގެ ބޭނުމުގައި ހަދާފައިވާ ތަނެކެވެ.  ތުރާކުނު ފެރީ ސްޓޮޕްގައި ކިއޮސްކަކާއި، ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ގާއިމްކޮށްފައިވެ އެވެ.

މިފަދަ ސްޓޮޕްތައް ހުރިހާ ރަށެއްގައި ދަނީ ގާއިމް ކުރަމުންނެވެ.

އާރުޓީއެލް ފެރީގެ ނިޒާމު އެންމެ އުތުރުގެ ތިން އަތޮޅުގައި ވަނީ ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް