ރިޔާސީ ލޯންޗުކޮޅުތަކަށް ކެޕްޓަނުން ހޯދަން އިއުލާނުކޮށްފި

ރިޔާސީ ލޯންޗުތައް ނުވަތަ ޕްރެޒިޓެންޝިއަލް ގާޑްސް އަށް މީހުން ހޯދަން އިއުލާނުކޮށްފި އެވެ. ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމަށް ތިން މީހަކު ހޯދަން ބޭނުންވާ ކަމަށް ބުނ...

04 Sep 2022 | 07:43

ރިޔާސީ ލޯންޗުތައް ނުވަތަ ޕްރެޒިޓެންޝިއަލް ގާޑްސް އަށް މީހުން ހޯދަން އިއުލާނުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމަށް ތިން މީހަކު ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މި ވަޒީފާގެ މައިގަނޑު މަސައްކަތަކީ ރިޔާސީ ފްލީޓުގެ ބެލުމުގެ ދަށުގައި ހުންނަ އުޅަނދުތަކުގެ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.

މި މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 6،295 ރުފިޔާ ދޭއިރު، ސަރވިސް އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ ލިބެ އެވެ. މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓާދ، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގަ ހުންނަޖެހޭ ފަސް ޝަރުތެއް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ.ބީ.ސީ، އަދި ޑީގެ ލައިސަންސް ލިބިފައިވުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އިންބޯޑު އިންޖީނުއެޅި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އަދި ނިޔަމިކޯސް، ކޯސްޓަލް ނެވިގޭޝަން ކޯސް ފުރިހަމަކޮށްފައިވުން، އަދި އިނގިރޭސިބަހުން ލިޔެފައިހުންނަ ތަކެތި ލިޔަން ކިޔަން އެނގުމާއި ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން އެއީ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ފެންވަރު ނުވަތަ ޝަރުތުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް