މާލެއިން މުދާބަރުކޮށްގެން ފުރި ބޯޓެއް މާ ބަރުކޮށް ދަތުރުކުރާތީ އެ ބޯޓު ހުއްޓުވައި އަލުން އަނބުރާ މާލޭ ބަނދަރަށް ވައްދައިފިއެވެ.
ފުހުން ބުނީ މިއަދު މާލެއިން ފުރައިގެން ދެކުނަށް ދަތުކުރަމުންދިޔަ "ސައުތުލައިން" ބޯޓު ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާތީ ބޯޓު ހުއްޓުވައި މާލޭ ބަނދަރަށް ވައްދާފައިވާކަމަށެވެ.
"ގަވާއިދާ އެއްގޮތަށް މުދާބަރުކޮށްގެން ނޫނީ ބޯޓު އިތުރަށް ދަތުރުނުކުރުމަށް ވަނީ އެންގިފައި" މެރިން ޕޮލިހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްރަވަރަކަށްވާތީ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ދަތުރު ކުރުމަށާއި އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް