ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލާމުގައި، ހޮނިހިރު ދުވަހު ފެށޭނެ

މި އަހަރުގެ 2 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ސެޕްޓެންބަރު 10 ން 12 އަށް ލ. ގަމުގައި ކުރިއަށްދާނެކަމުގައި ރައީސް އޮފީހުން ހާމަކޮށްފިއެވެ. ވިއަވަތި ރާއްޖެ އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި،...

04 Sep 2022 | 05:19

މި އަހަރުގެ 2 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ސެޕްޓެންބަރު 10 ން 12 އަށް ލ. ގަމުގައި ކުރިއަށްދާނެކަމުގައި ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ވިއަވަތި ރާއްޖެ އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި މި ކޮންފަރެންސްގައި ބައިވެރިވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނެވެ.

މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި،

ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިން މިފަހަރުގެ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެކަމުގައި ރައީސް އޮފީހުން ބުނެއެވެ.

މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް

  1. ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން
  2. ބިނާވެށި ޕްލޭން އެކުލަވާލުން
  3. މިންތީގެ ހަމަހަމަކަން
  4. ވިލުންވެރި މުޖްތަމައުއެއް ބިނާކުރުން

ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ކޮންފަރެންސްގެ ބައިވެރިންނާއެކު ގުޅުންބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް 10 ސެޕްޓެމްބަރ ވަނަ ދުވަހުގެ ހަވީރު، ލ. ގަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމުގައިވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް