އިޓާލިއަން ލީގުގައި ރޭ ލާޒިއޯއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ނަޕޯލީ އިން އިޓާލިއަން ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބުކުރީ 2-1 އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ލާޒިއޯއިންނެވެ. ލާޒިއޯ އަށް ލީޑު ނަގައިދިނީ ފެލިޕޭ އެންޑަސަންގެ އެހީތެރިކަމާއި އެކު މަޓިއާ ޒަގާނީއެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ލާޒިއޯއިން މެޗުގެ ލީޑު ނެގިނަމަވެސް ނަޕޮލީން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ލަނޑުޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.
ނަޕޯލީން ނަތީޖާ ހަމަހަމަކުރީ ޒިއެލިންސްކީގެ އެހީތެރިކަމާއި އެކު ކިމް ޖައެ އުން ޖެހި ލަނޑުންނެވެ.
މެޗުން ނަޕޯލީއަށް ތިންޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ 61 ވަނަ މިނެޓުގައި ކްވިޗާ ކްރަވަޝްކޭލިއާއެވެ.
މި މޮޅާއި އެކު ފަސްް މެޗުން ލިބުނު 11 ޕޮއިންޓާއި އެކު ނަޕޯލީ އޮތީ ލީގުގެ އެއް ވަނަ މަގާމުގައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިގެން ލީގުގެ ދެވަނަ މަގާމުގައި އޭސީ މިލާން އޮތްއިރު، ނަޕޯލީ އަށް ކުރިލިބެނީ ފައިދާ ގޯލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް