މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ. ވައިޓް އެލާޓު ނެރެފައިވަނީ ހެނދުނު8:30 ން މެންދުރު ފަހު2:00 އަށެވެ. މެޓް އޮފީހުން ބުނީ އެވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވ...

04 Sep 2022 | 03:02

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.

ވައިޓް އެލާޓު ނެރެފައިވަނީ ހެނދުނު8:30 ން މެންދުރު ފަހު2:00 އަށެވެ.

މެޓް އޮފީހުން ބުނީ އެވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހުރިހާ ސަރަހައްދެއްގެ ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ19 މޭލާއި24 މޭލާއި ދެމެދު ބާޜު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް