ކުރީގެ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
މާދަމާއަށް ތާވަލުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެކެވެ.
މާދަމާ ހެނދުނު 9:00އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ މި އަޑުއެހުމަކީ ރައީސް ޔާމީން ދަޢުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މި މައްސަލާގައި ދައުލަތުންނާއި ދިފާއުން ހުށަހަޅާފައިވާ ހުށަހެޅުންތައް ޝަރީއަތާ ހިއްސާކޮށްފައިވާ އިރު، ދައުލަތުން ވަނީ އެއް ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
އެގޮތުން ދައުލަތުން ހުށަހެޅި ރިޕޯޓުގައިވާ ސީޑީއެއްގައި ހިމެނޭ މައުލޫމާތުތަކެއް ރައްކާތެރި ކުރުމުގެ އަމުރަކަށް ވަނީ އެދިވަޑައިގަންނަވާފަ އެވެ.
މިއަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން، ދަޢުލަތުން ޝަރީއަތަށް ހުށަހަޅުއްވާފައިވާ ގިނަ ޝަފަވީ ހެކިތަކާއި ކިތާބީ ހެކި ބަލައިނުގަތުމަށް ހުށަހަޅުއްވާފަ އެވެ. އެއީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައިގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބް އަބްދުލްޤަފޫރާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމް.ޑީ އަބްދުﷲ ޒިޔަތަކީ ކުށަށް އިއުތިރާފްވެ ޙުކުމް ތަންފީޒުކުރައްވަމުންދާ ދެ ބޭފުޅުންކަމަށް ވުމުންކަމަށާއި އެއީ ފާސިޤުންކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް