ގްރޭޑް12 ގެ ދަރިވަރުންގެ އިސްލާމް ފޮތުގައިވެސް އާޔަތެއް ނުބައިކޮށް ލިޔެވިފަ އެބައޮތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ދެ ސޫރަތެއްގެ އާޔަތްތައް ނުބައިކޮށް ލިޔެފަވާ މައްސަލައެއް މިއަދު ފެންމަތިވި އެވެ. އެއާއި އެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ފޮތް އިސްލާހު ކުރަން ސްކޫލްތަކަށް އަންގައި އެކަން ހިނގާދިޔާ ގޮތް ބަލަމުންދާ ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން މިރޭ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގްރޭޑު12 ގެ އިސްލާމު ފޮތުގެ ސޫރަތުލް އަންފާލްގެ74 ވަނަ އާޔަތް ލިޔެފައިވަނީ ނުބައިކޮށް ކަމަށެވެ. އޭނާ ވަނީ އަވަސް ފުރުސަތެއްގައި މިކަންކަން ރަނގަޅު ކުރައްވަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
https://twitter.com/Mohamedshaheem1/status/1434158228749750279
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް