ބަޔާން ނަގަން ބަޔަކު އިނގިރޭސިވިލާތަށް ދާންޖެހޭ ސަބަބެއް ނުފެނޭ: ނަޝީދު

މެއި ހައެއްގެ ބޮމުގެ ހަމަލާ އާއި ގުޅިގެން ބަޔާން ނަގަން ރާއްޖެއިން ބަޔަކު އިނގިރޭސިވިލާތަށް ދާންޖެހޭ ސަބަބެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެ މައ...

04 Sep 2021 | 15:14

މެއި ހައެއްގެ ބޮމުގެ ހަމަލާ އާއި ގުޅިގެން ބަޔާން ނަގަން ރާއްޖެއިން ބަޔަކު އިނގިރޭސިވިލާތަށް ދާންޖެހޭ ސަބަބެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގަ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މިހާތަނަށް ނަޝީދުގެ ބަޔާނެއް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު އިއްޔެ އެމަނިކުފާނުވަނީ ބަޔާން ދެއްވަން ތައްޔާރަށް ހުންނެވިކަމަށް ލިޔުމުން ޕީޖީއަށް އަންގަވާފައި އެވެ.

އެއާއި ފުލުހުންނާއި ޕީޖީ އޮފީހުގެ ޓީމެއް އިނގިރޭސިވިލާތަށް ދިއުމަށް ވިސްނާ ކަމަށް ހާމަކޮށްފައިވެ އެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުން ދަނިކޮށް މިއަދު ހަވީރު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ބަޔަކު ދާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ދައުވާއަކީ އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާ ދައުވާއެއް ނޫން ކަމަށެވެ.

އެކަމަކު ދިވެހި ފުލުހުން އިނގިރޭސިވިލާޓުގެ އިދާރާތަކާއި މަޝްވަރާ ކުރުމަކީ ބޭނުންތެރިކަމެއްކަން ދެކެވަޑައިގެންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

https://twitter.com/MohamedNasheed/status/1434109812183220224

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް